ކ.ނަކައްޗާފުށީ ކައިރި ހިއްކަމުންދާ ފަޅެއްގައި އަޅާފައި އޮތް 100 މީޓަރުގެ ޑްރެޖަރ ހޮޅިތަކެއް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފްއިން ބުނީ، މި ހޮޅިތައް އޮޔާދަނީ ހުޅަނގުދެކުނަށް އަރިއަތޮޅާ ދިމާއަށް ކަމަށެވެ.
އެހެންކަމުން އަލިހުރަސްކަނޑާއި، މި ސަރަހައްދު ކައިރިން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފްއިން އެދިފައިވެއެވެ.



