މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ(އެމްޓީސީސީ) އަށް،މިއަހަރުގެ ފުރަތަމަ މާލީ ކުއާޓާރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 41.77 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެ ކުންފުނީގެ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ނަތީޖާ ދައްކާގޮތުން ފުރަތަމަ ކުއާޓަރގައި ޖުމުލަ 664.44 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން 41.77 މިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ގޮތުގައި ހޯދާފައި ވެއެވެ. މިއީ20023 ގެ ފުރަތަމަ ކުއާޓާއާ އަޅާކިޔާއިރު ދަށް އަދަދެކެވެ. 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި 92.87 މިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައި ވެއެވެ. މިހެން މިކަންދިމާވީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އަދި ހާއްސަކޮށް ތެލުގެ އަގު އުފުލުމުގެ ސަބަބުންނާއ،ި ބޭރުފައިސާ ހޯދުމަށް ކުންފުނިން ކުރަންޖެހުނު ޚަރަދު އިތުރުވުމާއި ގުޅިގެން ކުންފުނީގެ ސަޕްލައިޗޭނަށް ދިމާވި ނޭދެވޭ އަސަރުގެ ސަބަބުންކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ
2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާގެ ގޮތުގައި 6.17 މިލިއަން ރުފިޔާ ރިކޯޑްކުރެވިފައި ވެއެވެ.މިއަދަދަކީ މިމުއްދަތުގައި ލިބޭނެކަމަށް ކުރިން އަންދާޒާކުރި ސާފު ފައިދާއަށްވުރެ ދަށް އަދަދެއްކަމުގައި ވީނަމަވެސް މިއީ، ހާލަތަށް ބަލައި ކުންފުނީގެ މެނޭޖްމަންޓުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ހާސިލްކުރެވުނު ކުރިއެރުމެއްކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.
2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި އެމްޓީސީސީން ވަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް
ކާމިޔަބުކަމާއިއެކު ހިންގާފަ އެވެ. އެގޮތުން އެކި މަރުހަލާގައި ޖުމުލަ 196 މަޝްރޫއެއްގެ މަސައްކަތް ކުރިޔަށްދާއިރު،ތިން މަޝްރޫއެއްގެ މަސައްކަތްވަނީ ނިންމާލާފަ އެވެ. އަދި 8 މަޝްރޫއެއްގެ ޢަމަލީ މަސައްކަތް މި ކުއާޓަރގައި ފަށާފައިވާއިރު ، އައު 06 މަޝްރޫޢެއްގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައި ވެއެވެ.



