ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް، ވެރިކަންކުރާ ޕީއެންސީގެ ޕްރައިމަރީގައި 308 ކެނޑިޑޭޓުން ވާދަކުރާނެކަން އެ ޕާޓީން ހާމަކޮށްފިއެވެ.
ޕީއެންސީން ނެރުނު އިއުލާނެއްގައިވާ ގޮތުން، އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރާނެ އެވެ. އެއީ ކައުންސިލްތަކަށް 183 އަދި އަންހެނުންގެ ކޮމިޓީތަކަށް 121 މީހުންނެވެ. ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އާއްމުކޮށް، ޝަކުވާއަށް ވެސް ރޭގައި ވަނީ ހުޅުވާލާފައެވެ.
މީގެއިތުރުން އެ ޕާޓީން ވަނީ ޕްރައިމަރީއާ ގުޅޭ ޝަކުވާއެއް އޮތް ނަމަ، އެކަމަށް ހާއްސަ ކޮށްފައިވާ ނަންބަރު 9323686 އަށް ގުޅައި އެކަން ހިއްސާކުރަން އެދިފަ އެވެ.
ހުރިހާ ދާއިރާއަކަށް ޕީއެންސީން ކެންޑިޑޭޓުން ނެރޭއިރު 26،000 މީހުން ޕްރައިމަރީގައި ވޯޓުލާނެ ކަމަށް ޕީއެންސީން ލަފާކުރެ އެވެ.
އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލު އިންތިހާބު އަދި އަންހެނުންގެ ކޮމެޓީތަކަށް އިންތިހާބުކުރާނީ، ކޮންމެ ތަނަކަށް 681 މީހުންނެވެ. އެއީ، ދެ އިންތިހާބުގައި ޖުމްލަ 1،362 މީހުންނެވެ.




