”އެމްވީ ކޯލް ގާލްސް“ގެ ނަމުގައި ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލް ފުލުހުން ހުއްޓުވައިފި އެވެ.
ފުލުހުން ބުނީ ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭ ގޮތަށް ހިންގަމުންދިޔަ ”އެމްވީ ކޯލް ގާލްސް“ ޓެލެގްރާމް ޗެނަލް ސީޒްކޮށް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.
ފުލުހުންގެންދަނީ މިފަދަ ބަދު އަޚުލާގީ އަމަލުތަކަށް ހިތްވަރުދޭ އަދި އެފަދަ ވިޔަފާރިކުރާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.މީގެ ކުރިންވެސް ފުލުހުން ވަނީ ޖަޒީރާގެ ނަމުގައި ހިންގި ޓެލެގްރާމް ޗެނަލްތަކެއްވެސް ސީޒްކޮށް ތަހުގީގު ކުރަމުންވެ.




