މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި އުމުރުން 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކުރުމުން ކޯޓުގައި ބުނީ އެއީ އޭނާ ހޮވި އެއްޗެހިތަކެއް ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ނ. މަނަދޫއަށް ނިސްބަތްވާ ޒުވާން ފިރިހެނެކެވެ.
އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ އޭނާ ވަނީ ކޯޓަށް ހާޒިރު ކޮށްފައެވެ.
ކޯޓު އަމުރުން އެނގޭގޮތުގައި މި މައްސަލައިގެ ތަހުގީގު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް ވަނީ އިތުރު މުއްދަތު ފުލުހުންނަށް ދީފައެވެ.
އެ ޒުވާނާ ކޯޓުގައި ބުނެފައިވަނީ އޭނާ ހައްޔަރުކުރިއިރު ހުރިތަނުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާ ހޮވި އެއްޗެއް ކަމަށެވެ.
ނަމަވެސް ފުލުހުން އޭނާ ދެއްކި ތަނެއް ބަލައި ފާސްކުރިއިރު، އެ ތަނުން މަސްތުވާތަކެތި ހޭކިފައިހުރި ހުސްދަޅެއް ފެނިފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
މި ޒުވާނާގެ އަތުން ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް އަމުރުގައި ބަޔާން ކޮށްފައެއް ނުވެއެވެ.
އޭނާގެ ބަންދަށް އިއްޔެ ކޯޓުން ވަނީ އިތުރު 15 ދުވަސް ޖަހައިފައެވެ.



