މަސްތުވާތަކެތީގެ މައްސަލައެއްގައި ނައިފަރުން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިދާރާއިން ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 29 އަހަރުގެ ދިވެހި ފިރިހަނަކު ހައްޔަރުކޮށްފައިވާކަމަށެވެ.
”ނައިފަރުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 28 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނި 29 އަހަރުގެ ދިވެހި ފިރިހެނެއް.“ ފުލުހުން ބުނެފައި ވެއެވެ.
މި އޮޕަރޭޝަނުގައި އެރަށު ގެއެއްގެ ތެރެއިން އެ މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އަށް ދުވަހަކަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައި ވެއެވެ.


