ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ މައްސަލަ ދެނެގަތުމަށާއި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯގެ ސަބްސްޓޭޝަނަކަށް ގެއްލުން ލިބުނުފަހުން، ހުޅުމާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ މިފަހުން ވަނީ ދިމާވާން ފަށާފައެވެ. އަދި ސްޓެލްކޯއިން ދަނީ އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.



