ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކަށް އެ ފަރާތްތަކުގެ ތައުލީމާއި ތަޖުރިބާއާ އެކަށީގެން ނުވާވަރުގެ ބޮޑެތި މުސާރަތައް ދެމުން ދިއުމުގެ ސަބަބުން އިޖުތިމާއީ އިންސާފު ގެއްލިގެން ގޮސްފައިވާކަމަށް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ބުނެފި އެވެ.
ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން އެމްޓީއޭއިން ނެރުނު ބަޔާނުގައި، ދިވެހިރާއްޖެއަކީ މަސައްކަތްތެރިންނަށް އެކަށީގެންވާ މުސާރައެއް ލިބި ނުދެވޭ، މަސައްކަތުގެ މާހައުލަށްވެސް އެކަށީގެންވާ ހެޔޮ ބަދަލުތައް އައިސްފައި ނުވާ ގައުމެއްގެ ގޮތުގައި އަދިވެސް އޮތް ޤައުމެއްކަން ފާހަގަކޮށްފައި ވެއެވެ.
މީގެއިތުރުން، ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކަށް އެ ފަރާތްތަކުގެ ތައުލީމާއި ތަޖުރިބާއާ އެކަށީގެން ނުވާވަރުގެ ބޮޑެތި މުސާރަތައް ދެމުން ދިއުމުގެ ސަބަބުން އިޖުތިމާއީ އިންސާފު ގެއްލިގެން ގޮސްފައިވާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އެގޮތުން މަސައްކަތްތެރިންނާމެދު ބޮޑެތި އިހުމާލުތައް ހުރިއިރު މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރުުމުގެ ބަދަލުގައި ސިޔާސީ ފަރާތްތަކުން، އެފަރާތްތަކުގެ ސިޔާސީ މަސްލަހަތު އެކަނި އިސްކޮށް ގައުމު ހަގީގީ އިންޖީނު ކަމުގައިވާ މަސައްކަތްތެރިންގެ ގުރުބާނީތަކުގެ މަތިން ހަނދާން ނައްތާލައިގެން ތިބޭ ތިބުމަކީ މިފަދަ ދުވަހެއްގައި ހިތާމައާއެކު ފާހަނގަ ކުރަންޖެހޭ ކަމެއްކަމަށް ބުނެފައި ވެއެވެ.
އެމްޓީއޭއިން ވަނީ، ދިވެހި ޜާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމަކޮށްދީ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި މައްސަކަތްތެރިންނަށް ހައްގުވާ މުސާރަ ކަށަވަރުކޮށްދިނުމަށް ދައުލަތަށާއި ވަޒީފާ ދޭ އެންމަހަ ފާރަތްތަކަށް ގޮވާލާފަ އެވެ.



