މިފްކޯގެ ކާމިޔާބީގެ އަސްލަކީ އެކުންފުނީގެ މުވައްޒަފުން މަސައްކަތުގެ މާހައުލުގައި ދައްކަމުން އަންނަ ހިތްވަރުކަމަށް އެކުންފުނީގެ ސީއީއޯ އަހްމަދު ޝަމާޙް ރަޝިދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ، ބައިނަލްއަގުވާމީގޮތުން މިއަދު ފާހަނގަކުރަމުން އަންނަ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން އެކުންފުނީގެ މުވައްޒަފުންގެ މަސައްކަތް ބަލައިގަނެ ޝުކުރު އަދާކުރެއްވުމުގެ ގޮތުން އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
”މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު ތިޔަބޭފުޅުންގެ ބުރަ މަސައްކަތާއި، ފަރުވާތެރިކަމާއެކު ދެމުން އަންނަ ޚިދުމަތް އަދި ކުންފުނީގައި ތިބޭފުޅުންގެ ހިއްސާ ޝަރަފުވެރިކަމާއެކު ބަލައިގަނެ ޝުކުރު ދަންނަވަން. ތިޔަބޭފުޅުންގެ މަސައްކަތަކީ އަޅުގަނޑުމެންގެ ކާމިޔާބީގެ ބިންގާ.“ޝަމާހް ވިދާޅުވެފައި ވެއެވެ.
ޝަމާހް ވަނީ ކުންފުނީގެެ މުސްތަޤްބަލް ބައްޓަންކުރުމުގައި، އަދި ކާމިޔާބީއަށް ވާސިލުވުމަށްޓަކައި ކުންފުނީގެ މުވައްޒަފުންނާއި، އެންމެހާ ފަރާތްތަކުން އަދާކުރަމުންދާ އަގުހުރި ދައުރު ފާހަނގަކުރައްވާ ޝުކުރު ދަންނަވާފަ އެވެ. އަދި މަސައްކަތްތެރިންގެ ދުވަހުން ހަނދާންކޮށްދެނީ މަސައްކަތްތެރިންގެ ހައްގުތަކާއި، އިންސާފުވެރި މުޢާމަލާތްތަކާއި، ކުރިއަރަމުން އަންނަ މަސައްކަތުގެ މާޙައުލެއްގެ މުހިންމުކަން ކަމަށް ވިދާޅުވެފައި ވެއެވެ.




