ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޓިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
ޕީއެންސީގެ ޕްރައިމަރީ ފަށާފައި ވަނީ މިއަދު ހެނދުނު 9:00 ގައެެވެ. އަދި އެ ވޯޓުލުން ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ ކައުންސިލްތަކަށް 183 އަދި އަންހެނުންގެ ކޮމިޓީތަކަށް 121 މީހުންނެވެ.
އެ އިންތިހާބަށް ޕީއެންސީން ކަނޑައަޅާފައިވާ މެނޭޖަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ކުރިން ވިދާޅުވެފައިވާ ގޮތުގައި ހުރިހާ ދާއިރާއަކަށް ވެސް އެ ޕާޓީގެ ކެންޑިޑޭޓުން ވާދަކުރާނެ އެވެ. އަދި ޕާޓީން މިފަހަރު ނިންމާފައި ވަނީ އެ މީހަކު ނިސްބަތްވާ ރަށެއްގައި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ކަމަށް ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބުގެ ޕްރައިމަރީއާ ދިމާކޮށް ޕީއެންސީއަށް ގިނަ ބަޔަކު ވަދެފައިވެއެވެ.
އެގޮތުން އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު 70،000 އިން މައްޗަށް ގޮސްފައިވާ ކަމަށް ވެސް މެންބަރު ފަލާހު ވިދާޅުވެ އެވެ. އަދި އެ ޕްރައިމަރީގައި ގިނަ ބަޔަކު ވޯޓުލާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލު އިންތިހާބު އަދި އަންހެނުންގެ ކޮމެޓީތަކަށް އިންތިހާބުކުރާނީ، ކޮންމެ ތަނަކަށް 681 މީހުންނެވެ. އެއީ، ދެ އިންތިހާބުގައި ޖުމްލަ 1،362 މީހުންނެވެ.



