މުހިންމު މަސައްކަތެއް ކުރާތީ ހުޅުމާލޭގެ ބައެއް ހިސާބުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، ހިދުމަތް ކޮންމެހެން މެދުކަނޑާލަައިގެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މާލެ ސިޓީ، ހުޅުމާލެ، އުނިގަސްމަގާއި، ނިރޮޅުމަގު ހިމެނޭ ސަރަޙައްދުން މިއަދު މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.
ސްޓެލްކޯއިން އަންނަނީ އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިފަދަ މަސައްކަތްތަކަށްޓަކައި ބައެއް ފަހަރު އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ވެސް ޖެހެއެވެ.



