މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 2.2 މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.9 އިތުރު އަދަދެކެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 2،213،795 ފަތުރުވެރިން ވަނީ، ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ، 2،014،577 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %10 އިތުރުވުމެކެވެ.
ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، މިމަހުގެ ފުރަތަމަ 27 ދުވަސްތެރޭ ރާއްޖެއަށް ވަނީ 191،734 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %8.4 އިތުރު އަދަދެކެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 ޤައުމު:
* ޗައިނާ: 328،503 ފަތުރުވެރިން
* ރަޝިއާ: 272،852 ފަތުރުވެރިން
* އިނގިރޭސިވިލާތް: 199،570 ފަތުރުވެރިން
* ޖަރުމަނު: 166،079 ފަތުރުވެރިން
* އިޓަލީ: 147،529 ފަތުރުވެރިން



