ހުޅުމާލޭގައި އެންމެ ފަހުން އިމާރާތްކުރި ފްލެޓުތައް ލިބޭ މީހުންގެ ފައިނަލް ލިސްޓުގައި ނަން ހިމެނުނަސް އަސާސީ ޝަރުތު ހަމަނުވާ 450 އަށް ވުރެ ގިނަ މީހުންގެ އަތުން ފްލެޓު އަތުލާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ލިސްޓު ރިވިއު ކުރިއިރު އަސާސީ ޝަރުތު ފުރިހަމަނުވާ މީހުންގެ އަތުން ނޫނީ ފްލެޓު އަތުނުލާ ކަމަށެވެ. އަދި ޝަރުތު ހަމަވާކަން ސާބިތުކުރަން ފުރުސަތު ދިނުމަށްފަހު ނޫނީ ފްލެޓު ލިސްޓުން ނަން އުނިކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”އަސާސީ ޝަރުތެއް ހަމަވެގެން ނޫން ގޮތަކަށް އެއްވެސް މީހެއްގެ އަތުން ކެންސަލްކޮށްފައެއް ނޯންނާނެ“ މިނިސްޓަރ މުއްތަލިބު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމުގެ އަސާސީ ޝަރުތަކީ މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވުމާއި އަމިއްލަ ނަމުގައި ފްލެޓެއް ނުވަތަ ބިމެއް ނެތުމެވެ.




