ފަސް އަތޮޅެއްގައި ”ސްމާޓް މީޓަރ ޕްރޮޖެކްޓް“ ފަށާފައި ވާކަމަށް ފެނަކައިން ބުނެފި އެވެ.
އެކުންފުނިން އާންމުކޮށްފައިވާ ގޮތުގައި މި މަޝްރޫއު ފެށީ މ، ފ، ދ، ޏ، އަދި ބ އަތޮޅުގަ އެވެ.
ފެނަކައިން ބުނީ، މިމަސައްކަތަކީ އެކުންފުނީގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމުގެ ގޮތުން ކޮންސިއުމަރ ކވއ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލުކޮށް، ރިމޯޓްކޮށް މީޓަރ ރީޑިންގ ނެގުމާއި، ޑާޓާ ކަލެކްޓް ކުރުމަށް ކުރިޔަށްގެންދާ މަޝްރޫއެއް ކަމަށެވެ.
މި ޕްރޮޖެކްޓްގެ ދަށުން އެންމެ ފުރަތަމަ ސިސްޓަމް ގާއިމުކޮށްފައިވަނީ ދ. ކުޑަ ހުވަދޫގަ އެވެ. މި ސިސްޓަމާއެކު މިހާރު ކުޑަ ހުވަދޫ ގޭބިސީތަކަށް ކޮންމެ ތަނެއްގައި ހުރެގެންވެސް ކަރަންޓް ބިލަށް އަރާ ވަރު ވަގުތުން ބަލާލެވޭނެއެވެ.



