ސައުދީގައި ކޮރަޕްޝަންގެ ތުހުމަތުގައި ސަރުކާރުގެ 116 މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެ މީހުން ހައްޔަރުކޮށްފައި ވަނީ ސައުދި އަރަބިއްޔާގެ އޯވަސައިޓް އެންޑް އެންޓި ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) އިން ހިންގި ތަހުގީގުތަކަކާއި ގުޅިގެންނެވެ.
އެ އޮތޯރިޓީގެ އޮފިޝަލުން ވަނީ 1،440 އިންސްޕެކްޝަން ރެއިޑްތައް ހިންގާފަ އެވެ.
ނަޒާހާއިން ބުނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުތަކަކާ ގުޅިގެން ނަޒާހާއިން ސުވާލުކުރި މީހުންގެ ތެރޭގައި ސައުދީގެ އިންޓީރިއާ، މުނިސިޕަލްޓީސް އެންޑް ހައުސިން، އެޑިއުކޭޝަން އެންޑް ހެލްތް ފަދަ ދާއިރާތަކުގެ މުވައްޒަފުން ހިމެނެއެވެ.
ސައުދީގެ އެންޓި ކޮރަޕްޝަން އޮތޯރިޓީ ނަޒާހާއިން މިހާރު ގެންދަނީ އެ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތައް ޖުޑިޝަރީއަށް ފޮނުވުމަށް ގާނޫނީ އިޖުރާއަތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން މި މި މައްސަލަތަކާ ގުޅިގެން މިހާތަނަށް 116 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އޭގެ ތެރެއިން ބައެއް މީހުން ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލާފައެވެ.



