ކަނޑުއަޑީގެ ކޭބަލަކަށް ގެއްލުން ދިން މައްސަލައެއްގައި ފިންލޭންޑު ފުލުހުން ބޯޓެއް ހިފަހައްޓައިފިއެވެ.
ސެއިންޓް ޕީޓާސްބާގް އިން އިޒްރޭލުގެ ހައިފާ ބަނދަރަށް ދަތުރު ކުރަމުން ދިޔަ އެ ބޯޓު ދަތުރު ކުރަމުން ދިޔައީ ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނެޑައިންސްގެ ދިދަ ނަގައިގެން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އެ ބޯޓު ހިފަހައްޓާފައި ވަނީ ފިންލެންޑާއި އެސްޓޯނިއާއާ ދެމެދު އަޅާފައިވާ ޓެލެކޮމިއުނިކޭޝަން ކޭބަލަކަށް ގެއްލުން ދިނުމުންނެވެ.
އެ ކޭބަލަށް ގެއްލުންވެފައި ވަނީ އެ ބޯޓުގެ ނަގިލި ވެއްޓުމުގެ ސަބަބުންނެވެ.
ފިންލެންޑުގެ ޓެލެކޮމް އޮޕަރޭޓަރެއް ކަމަށްވާ އެލީސާގެ ކޭބަލް ހަލާކުވެ އެ ބޯޓުން ދަތުރުކުރަމުންދިޔަ ރަޝިޔާއަށް ނިސްބަތްވާ 14 ފަޅުވެރިން ވަނީ ހައްޔަރު ކޮށްފަ އެވެ.
އެ ޓެލެކޮމް އޮޕަރޭޓަރު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ގެއްލުމުގެ ސަބަބުން ”އެލިސާގެ ހިދުމަތްތަކުގެ ފަންކްޝަނަލިޓީއަށް އެއްވެސް ގޮތަކަށް އަސަރެއް ނުކުރާ“ ކަމަށާއި، އެ ކުންފުނީގެ ހިދުމަތްތައް އަލުން ރޫޓްކޮށްފައިވާ ކަމަށެވެ.




