ފޯނެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު 15 ދުވަހަށް ބަންދުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށްޓަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި ބުނީ މި މައްސަލައިގައި ހައްޔަރުކުރި މީހާގެ އަތުން ފެނުނު ފޯނަކީ ކުއްޖެއްގެ އަތުން ގަތްފޯނެއް ކަމަށް އޭނާ ބުނެފައިވާ ކަމަށާއި ނަމަވެސް އެ ކުއްޖާއެއީ ކޮން ނަމެއް ކިޔާ ކުއްޖެއްކަން ހަނދާން ނެތް ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.
އަދި މި މައްސަލައިގައި ސީސީޓީވީ ފުޓޭޖުތައް ބެލުމުން އެ މީހާ ބަނދަރުމަތިން ބޯޓަކަށް އަރާ މަންޒަރު ފެންނަ ކަމަށާއި، އޭނާގެ އަތުން ގެއްލުނު ކަމަށް ބުނާ ފޯނު، އޭނާ އަތުން ހޯދުނުކަމަށް ވެސް ފުލުހުން ބުނެފައިވާ ކަމަށް އަމުރުގައި ބުނެފައި ވެއެވެ.
މިގޮތުން އޭނާ ކުށްކުރިކަމަށް ތުހުމަތުކުރެވޭ ވަރަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.



