އިންޑިއާގެ ރާޖިސްތާނުގެ ހުޅަނގުގައި އޮންނަ އުދައިޕޫރުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް އެކްސިޑެންޓްވެ، ފުރާވަރުގެ ހަތަރު ކުދިން މަރުވެއްޖެއެވެ.
ކާރުގެ ތެރޭގައި ތިބި ކުދިންތަކެއް ސިނގިރޭޓް ބޮމުން، ބާރު ސްޕީޑުގައި ކާރު ދުއްވަމުން ދިޔަ ވަގުތެއްގައި ހިނގި މިއެކްސިޑެންޓުގައި މަރުވީ އުދައިޕޫރުގެ މުހައްމަދު އަޔާން (17)، އާދިލް ގުރެއިޝީ (14)، ޝާ މުހައްމަދު (19) އަދި ގުލާމު ހަވާޖާ (17) އެވެ.
މި ކުދިންނަކީ އުދައިޕޫރުގައި އޮތް ’މެހެފިލް އި މިލާދު‘ ޕްރޮގްރާމެއްގައި ބައިވެރިވުމަށްފަހު، ކުރީގެ އަހުމަދުއާބާދު ހައިވޭއިން ސައިބުއިމަށް ދަތުރުކުރި ހަ ރަހުމަތްތެރިންނެވެ.
މި ހާދިސާގެ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ އިރު، ނުވަ މިނެޓުގެ މި ވީޑިއޯއިން ފެންނަ ގޮތުގައި، 19 އަހަރުގެ ޝާ މުހައްމަދު ކާރު ދުއްވަމުން ދިޔައީ ގަޑިއަކު 120 ކިލޯމީޓަރުގެ ބާރުމިނުގައެވެ. ކާރުގެ ތެރޭގައި އަޑުގަދަކޮށް ލަވަޖަހައި، ސިނގިރޭޓް ބޮމުން ދިޔައިރު، ކާރުގައި ތިބި އެހެން ކުދިން ސްޕީޑް ދަށްކުރުމަށް އެދެމުންދިޔަ އަޑު ވީޑިއޯއިން އިވެއެވެ. އެއް ފަހަރަކު ކާރުގެ ސްޕީޑް 140 އަށް އެރި ކަމަށްވެސް ވީޑިއޯއިން އެނގެއެވެ.
#Udaipur, Ahmedabad Hwy 🚨⚠️
Too Swift desires at 120kmph+
1. Smoking 🚬 while driving
2. Seat belt lights ON
3. Infotainment with Video Clip running4 Dead, 2 injured#DriveResponsibly⚠️ @DriveSmart_IN @dabir @abhi_kulkarni85
pic.twitter.com/0BP9rh70qX— Dave (Road Safety: City & Highways) (@motordave2) January 19, 2026
އެކްސިޑެންޓް ހިނގީ މި ކުދިން ދަތުރުކުރި ކާރު، ގުޖްރާތަށް ދަތުރުކުރަމުން ދިޔަ އެހެން ކާރެއްގައި ޖެހިގެންނެވެ. އެކްސިޑެންޓްވި ވަގުތު ވީޑިއޯ ކުރަން އިން ފޯނުގެ ރެކޯޑިން މެދުނުކެނޑި ހުރުމުން، ކާރުގެ ބިއްލޫރިތައް ތަޅައިގެންދާ އަޑާއި، ކާރުގައި ތިބި ކުދިންގެ ތެރެއިން އެކަކު ”ނޭވާ ނުލެވެއޭ” ބުނެ ސަލާމަތަށް އެދި ގޮވަމުންދިޔަ އަޑު ވަނީ ރެކޯޑްވެފައެވެ.
މި ހާދިސާގައި ކާރުގައި ތިބި އަނެއް ދެ ކުދިންނަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު، އަނެއް ކާރުގައި ތިބި ހަތަރު މީހުންނަށްވެސް އެކި ވަރުގެ ޒަހަމްތައް ލިބިފައިވެއެވެ.
އަނިޔާވި އެންމެންނަށްވެސް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.



