މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ޗެއާޕާސަނެއް ހޯދަން އިއުލާންކޮށްފިއެވެ.
ޕެންޝަން އޮފީހުން ބުނީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ތިން ބޭފުޅަކު ޝޯޓްލިސްޓް ކުރުމަށް ފަހު، އެ ފަރާތްތަކުގެ ޝަރުތު ފުރިހަމަވޭތޯ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ސީއެމްޑީ) އިން ކަށަވަރު ކުރާނެ ކަމަށެވެ.
އަދި ޗެއާޕާސަން އައްޔަން ކުރައްވާނީ ރައީސުލްޖުމްހުރިއްޔާ އެވެ.
ޗެއާޕާސަންގެ ޝަރުތުތަކުގެ ތެރޭގައި، ވިޔަފާރި، އިގުތިސާދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރުގެ ތައުލީމު ހާސިލުކޮށްފައިވުމާއި، ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގެ ތަޖުރިބާ ހުރުން ހިމެނެއެވެ.
މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު އިނާޒު އިއްޔެ އިސްތިއުފާ ދެއްވުމުންނެވެ.



