ކުރިއަށް އޮތް ރޯދަ މަހު ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ރޯދަ މަހު ކެފޭ، ރެސްޓޯރެންޓު އަދި ސައި ހޮޓާ ފަދަ ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އަށް ކަމަށެވެ.
އަދި މުދާ ވިއްކާ ފިހާރަތައް ދަންވަރު 1:00 ޖަހަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ލިބޭނެ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
އެ މިނިސްޓްރީން ބުނީ، އެގޮތަށް އަމަލު ކުރަން ފަށާނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ރޯދަ މަސް ފެށޭނީ މި މަހުގެ 18 ވަނަ ދުވަހެވެ.
ޝައްވާލް މަހުގެ ހަތް ދުވަސް ނިމެންދެންވެސް އެ ގަޑީގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.




