ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އެ މަގާމުން ރިޓަޔާކުރައްވަން ނިންމަވައިފިއެވެ.
ޕޮލިސް ކޮމިޝަނަރުކަމާ ނަވީން ހަވާލުވެވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. އެ މަގާމުން ނަވީސް ރިޓަޔަރ ކުރައްވަން ނިންމަވައި، ސިޓީއަކުން ރަސްމީކޮށް އެކަން މިއަދު އަންގަވާފައިވާކަން ”ސައުވީސް“ އަށް ވަނީ އެނގިފައެވެ. ނަމަވެސް ނަވީން ރިޓަޔަރ ކުރައްވަން ނިންމެވި ސަބަބު އެނގިފައެއް ނުވެއެވެ.
އިސްމާއިލް ނަވީން ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަނު ކޮށްފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުއްލި ގޮތަކަށް މަގާމުން ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ.
ޝުޖާއު ރިޓަޔަރ ކުރެއްވުމުން ޕޮލިސް ކޮމިޝަނަރު ކަމަށް އެއިރު ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމު ވެސް ކުރިމަތިލެއްވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ ނަވީން އެ މަގާމަށް އައްޔަނު ކުރެއްވުމަށެވެ.
ކޮމިޝަނަރު ކަމަށް އައްޔަން ކުރުމުގެ ގޮތުން ވަގުތީ ގޮތުން އެ މަސްއޫލިއްޔަތާ އޭޕްރީލް މަހުން ފެށިގެން ހަވާލުވެ ހުންނެވީ ވެސް ނަވީންއެވެ.




