ޕިކަޕެއްގެ ދަށުގައި މަސައްކަތެއް ކުރަން އޮތް މީހެއްގެ ގައި މައްޗަށް އެ ޕިކަޕު ވެއްޓި، މީހަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަސައްކަތެއް ކުރުމަށް އެ ޕިކަޕްގެ ދަށުގައި އޮތް މީހެއްގެ ގައި މައްޗަށް ޕިކަޕް ވެއްޓިފައިވާ ކަމުގެ މައުލޫމާތު އިއްޔެ 11:05 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެމީހާ ނިޔާވެފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ. ނިޔާވެފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



