ސައުވީސް ސުފުރާއިން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު މި ކިޔާލަދެނީ، ހެދިކާ ކެއުމަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ އެއްޗެކެވެ.
ނަމަވެސް އެހެން ރޯލްސްތަކާއި ހިލާފަށް، ޗީޒް ބްރެޑް ރޯލްސްއަކީ މަސް އަޅައިގެން ތައްޔާރުކުރާ އެއްޗެއް ނޫނެވެ. ނަމުން ވެސް ހާމަވާ ފަދައިން، މީގެ އެތެރޭގައި ހުންނާނީ ޗީޒްއެވެ.
ތައްޔާރުކުރަން ބޭނުންވާތަކެތި:
° 250 ގ .(ޗީޒް ޗެޑަރ)
° 1 ޕާން
° 5 މޭޒުމަތީ ސަމުސާ ބަޓަރ (ދިޔާކޮށްފައި)
° ޓޮމާޓޯ ސޯސް (ބޭނުންނަމަ ފަހުން ޖައްސައިގެން ކާން)
ތައްޔާރުކުރާނެގޮތް:
° އެންމެ ފުރަތަމަ ޗީޒް ކޮޅާއި ބަޓަރކޮޅު އެއްކޮށް ގިރާލާށެވެ.
° ދެން ޕާން ފޮތިތަކުގެ ހަތަރު ފަރާތް އަރިމަތިން ކަފާލާށެވެ.
° އޭގެފަހުން ޕާން ފޮތިތަކުގެ އެތެރޭގައި، ކުރިން އެއްކުރި ޗީޒްކޮޅު ސަމްސަލަކުން ހާކާލާފައި ރޯލްއެއްހެން އޮޅާލާށެވެ. އަދި ޓޫތުޕިކަކުން ޕާން ރޯލު ހަރު ކޮށްލާފައި، އެއްޗަކަށް އަޅައި، މަތި ބަންދުކޮށްފައި 15 މިނިޓް ފްރިޖްގައި ބަހައްޓާށެވެ.
° 15 މިނެޓު ހަމަވުމުން ފްރިޖުން ރޯލްތައް ނެގުމަށްފަހު، ޓްރޭއެއްގައި އަތުރާލާފައި ބަޓަރު ކޮޅެއް ދިޔާކޮށްފައި ރޯލުތަކުގެ ބޭރުގައި ހާކާލާފައި އަވަނުގައި ފިހެލާށެވެ.
މި ރޯލްސް ޓޮމާޓޯ ސޯސްއާ އެކީ ވެސް ކެވިދާނެއެވެ. ނޫން ނަމަ ތަންކޮޅެއް ކުޅިކޮށް ސޯސްގަނޑެއް ހަދައިފައި އެއާ އެއްކޮށް ވެސް ކެވިދާނެއެވެ.




