ހުޅުމާލެ މިސްކިތްތައް ކައިރީގައި ޕާކުކޮށްފަައި ހުންނަތާ ގިނަ ދުވަސްވީ އުޅަނދުފަހަރު ނަގަން ފުލުހުން މިއަދު އަންގައިފި އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، މިސްކިތްތައް ކައިރީ ގިނަ ދުވަސްވަންދެން ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން އެންގީ ހުޅުމާލޭގެ މިސްކިތްތަކަށް ދާ މީހުންނަށް އެ ސަރަހައްދަކީ ފަސޭހަ ސަރަހައްދަކަށް ހެދުމަށާއި، ނަމާދަށް އަންނަ މީހުންނަށް ފަސޭހައިން ޕާކުކުރެވޭނެ އިންތިޒާމު ހަމަޖައްސެމުގެ ގޮތުން ކަަމަށެވެ.
މި ސަބަބުތަކަށްޓަކައި ހުޅުމާލޭ މިސްކިތްތައް ވަށައިގެން އޮންނަ ސަރަހައްދުގައި ޕާކުކޮށްފައި ހުންނަތާ ގިނަ ދުވަސްވީ އުޅަނދުތައް އެ ސަރަހައްދުން ނަގައިދިނުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.



