ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދޭއް ގުޅުވައިދޭ ބްރިޖު 2 އަދި 3 އާ ދޭތެރޭ އޮންނަ ސަރަހައްދު (ކުރެދިމާ ހިނގުން) އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށްފިއެވެ.
އެޗްޑީސީއިން ބުނިގޮތުގައި، މި ބަދަލު ގެންނަން ނިންމީ، އެ ސަރަހައްދުގައި ހިނގާ މަގުމަތީގެ އެކްސިޑެންޓްތައް ގިނަވުމާ ގުޅިގެން، މަގުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައެވެ.
އެގޮތުން، އެ މަގަކީ ހުޅަނގަށް ދަތުރުކުރެވޭ ގޮތަށް އޮންނަ އެއްކޮޅަށް ދުއްވާ (ވަން–ވޭ) މަގަކަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.
އެޗްޑީސީއިން ބުނީ، ޓްރެފިކް މައްސަލަތައް ހައްލުކޮށް، ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު އަދި ރައްކާތެރި ތަނަކަށް ހެދުމަށް، އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.




