އިޒްރޭލުން ފަލަޞްޠީނުގެ ޣައްޒާގައި ހިންގަމުންދާ އުުދުވާންތަކުގައި މިހާތަނަށް 35،000އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާކަމަށް އެގައުމުގެ ސިއްހަތާއި ބެހޭ އިދާރާއިން ބުނެއފި އެވެ.
އެއިދާރާއިން މިއަދު އާންމުކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ 24 ގަޑީއިރުތެރޭ އިޒްރޭލުން ދިން ހަމަލާތަކުގައި 63 މީހުން ޝަހީދުވެ 114 މީހުން ޒަޚަމްވެފައިވާކަމަށެވެ. އަދި މިއަދަަދަތުތައް އެއްކޮށްލުމުން މިދިޔަ އޮކޓޯބަރުމަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުންދެމުން އަންނަ ހަމަލާތަކުގައި މަރުވީ މީހުންގެ އަދަދު 35،034 އަށް އަދި ޒަޚަމްވީ މީހުންގެ އަދަދު 78،755 އަށް އަރާކަމަށް ސިއްހަތާއި ބެހޭ އިދާރާގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
ނޫސް ބަޔާނުގައި ބުނެފައިވާގޮތުންނަމަ، ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް ތާށިވެފައިވާ މީހުން އެބަތިއްބެވެ. އެމީހުން ސަލާމަތްކުރުމަށް އެމްބިއުލާންސްތަކާއި މަދަނީ ސިފައިންގެ ފައުޖުތަކުން ކުރަމުންދާ މަސައްކަތައް އިޒްރޭލު ސިފައިން ހުރަސް އަޅަމުންދާކަމަށްވެސް ބުނެފައި ވެއެވެ.
އިޒްރޭލުގެ ހަމަލާތަކުގައ ޣައްޒާގެ 1.9 މިލިއަން މީހުން ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފަ އެވެ. މިއީ ޣައްޒާގެ އާބާދީގެ %80 އެވެ. އަދި އިޒްރޭލުން ދޭ ބޮމުގެ ޙަމަލާތަކުގައި މަރާމާތުކޮށްގެން ނޫނީ ނޫޅެވޭވަރަށް 25،000 ގެއެއް ހަލާކުވެފައިވާއިރު، 50،000 ގެއެއްވަނީ އެއްކޮށް ބިމާ ހަމަވެފަ އެވެ.



