އިންސާނީ ޙައްޤުތަކާބެހޭ މަޖިލިސް ނުވަތަ ހިއުމަން ރައިޓްސް ކައުންސިލްގެ މަތީ ފަންތީގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް
ޖެނީވާއަށް ވަޑައިގެންފިއެވެ.
މިނިސްޓަރ ޚަލީލް ބައިވެރިވުމަށް ހަމަޖެހިފައިވަނީ ހިއުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ސެޝަންގެ މަތީ ފަންތީގެ ހަފުތާގައެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ޚަލީލް ވިދާޅުވީ މި ދަތުރުގެ ތެރެއިން އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި ރައްކާތެރިކަމަށް އެޅިދާނެ އިތުރު ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ. އަދި އެކި ޤައުމުތަކުގެ މިނިސްޓަރުންނާ ބައްދަލުކޮށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރުމަށް އުންމީދުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.
މި ސެޝަނަކީ ކާމިޔާބު ސެޝަނަކަށް ހެދުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް މަސައްކަތްކުރާނެކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި މި ސެޝަންގެ ހުރިހައި މަރުޙަލާއެއްގައިވެސް ޢަމަލީގޮތުން ބައިވެރިވެ، ބައިނަލްއަޤްވާމީ ގުޅުންތަކުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ދެމިއޮންނާނެކަމަށް ވިދާޅުވިއެވެ.
ރާއްޖެއަކީ 2023-2025 ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރެކެވެ. މިއީ އެ ކައުންސިލްގެ މެންބަރުންކަން ރާއްޖެއިން އަދާކުރާ ތިންވަނަ ފަހަރެވެ. ހިއުމަން ރައިޓްސް ކައުންސިލަކީ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް އެކި ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ އ.ދ ގެ ގޮތްޕެކެވެ.



