ސިނަމާލެ ބްރިޖް ހައިވޭގައި ކުނި ބަރުކޮށްގެން ދަތުރުކުރި ލޮރީއެއް ފުރޮޅާލައިފިއެވެ.
ފުލުހުން ބުނީ، މި ޕިކަޕު ފުރޮޅާލައިގެން ފުލުުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 9:45 ހާއިރު ކަމަށެވެ.
އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަަމަށް ފުލުހުން ބުންޏެވެ.
މި ޕިކަޕް ފުރޮޅާލަން މެދުވެރިވީ ޕިކަޕުގެ ފުރޮޅު ފަޅައިގެން ގޮސް އަރި އަޅާލައި، ފެންސްގައި ޖެހުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ އިރު، އެއިން ފެންނަ ގޮތުގައި އޭގައި ހުރި ކުނިތައް ހުރީ ހައިވޭ ސަރަހައްދަށް ވެއްޓިފައެވެ. އަދި އެ ސަރަހައްދުގައި ޓްރެފިކް ފުލުހަކު ހަރަކާތްތެރިވާ ތަން ވެސް ފެނެއެވެ.
ފުލުހުން އިތުރަށް ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.




