ފާއިތުވި 2 އަހަރުތެރޭގައި 9 ރަށެއްގައި މުޅިން އަލަށް އަންހެނުންނަށް ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ދޭން ފަށާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ފާއިތުވި 2 އަހަރު ތެރޭގައި މުޅިން އަލަށް 9 ރަށެއްގައި ގައިނަކޮލޮޖިސްޓުންގެ ޚިދުމަތް ނުވަތަ އަންހެނުންގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ.
ގައިނަކޮލޮޖިސްޓުންގެ ޚިދުމަތް ފެށި 9 ރަށް:
* ށ.މިލަންދޫ ސިއްހީ މަރުކަޒު
* ށ.ކަނޑިތީމު ސިއްހީ މަރުކަޒު
* ށ.ކޮމަންޑޫ ސިއްހީ މަރުކަޒު
* އދ.މާމިގިލި ސިއްހީ މަރުކަޒު
* ނ.ވެލިދޫ ސިއްހީ މަރުކަޒު
* ތ.ތިމަރަފުށި ސިއްހީ މަރުކަޒު
* ތ.ވިލުފުށި ސިއްހީ މަރުކަޒު
* ބ.ތުޅާދޫ ސިއްހީ މަރުކަޒު
* ރ.މީދޫ ސިއްހީ މަރުކަޒު
އަންހެނުންގެ ޑޮކްޓަރުންގެ ޚިދުމަތުގެ އިތުރުން ފާއިތުވި 2 އަހަރުތެރޭގައި މުޅިން އަލަށްވަނީ 6 ރަށެއްގައި އިންޓަރނަލް މެޑިސިން ނުވަތަ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތްވެސް ދޭން ފަށާފައެވެ.
އެތެރެހަށީގެ ޑޮކްޓަރުންގެ ޚިދުމަތް ދޭންފެށި ރަށްތައް:
* ށ.ފޯކައިދޫ ސިއްހީ މަރުކަޒު
* ނ.ވެލިދޫ ސިއްހީ މަރުކަޒު
* ނ.ހޮޅުދޫ ސިއްހީ މަރުކަޒު
* ރ.މީދޫ ސިއްހީ މަރުކަޒު
* ބ.ދަރަވަންދޫ ސިއްހީ މަރުކަޒު
* އާމިނާދިއޯ ސިއްހީ މަރުކަޒު




