ޔަހޫފީ އިޒްރޭލުން އިސްވެ އީރާނަަށް ހަމަލާ ދޭން ފަށައިފިއެވެ.
އިތުރު އެއްވެސް ތަފްސީލެއް ނުދީ އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
މި ހަމަލާއަށް ފަހު މިހާރު އިޒްރޭލުގައި ވަނީ ސައިރަން އަޅައި، އަތުވެދާނެ ރައްދު މިސައިލް ހަމަލާއަކުން އާންމުން ރައްކާތެރިވެ ތިބެން ވެސް އަންގައިފައެވެ. އަދި މިއީ ވަރަށް ސީރިއަސް އިންޒާރެއް ކަމަށް އިޒްރޭލުގެ ސަލާމަތީ އިދާރާތަކުން ވަނީ ބުނެފައެވެ.
އީރާންގައި ތިބި އޭއެފްޕީގެ ނޫސްވެރިން ބުނީ ވެރިރަށް ތެހެރާންގެ ދެ ދިމާލަކުން ދުން އަރަމުންދާތަން ފެންނަ ކަމަށެވެ.
އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް ދަނިކޮށް ހަމަލާ ދީފައި ވާއިރު މަޝްވަރާތައް ހޮސްޓުކުރާ އޮމާނުން ވަނީ އީރާނުން ނިއުކްލިއާ މެޓީރިއަލް ސްޓޮކްޕައިލްކުރުން ހުއްޓާލަން އެއްބަސްވެފައިވާ ކަމަށާއި އެހެންވެ އެއްބަސްވުމެއް ގާއިމުކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ބުނެފަ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ވެސް އިޒްރޭލުން އީރާނަށް ހަމަލާ ދިނުމާ އެކު ހަނގުރާމަ ފެށުނެވެ. އެފަހަރު 12 ދުވަސް ވަންދެން އިޒްރޭލާއި އީރާނުން މިސައިލާއި ޑްރޯނުން ހަމަލާ ބަދަލުކޮށްފައި ވާއިރު އީރާނުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއްވިއެވެ.




