މާލޭގެ ގެއެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން 7 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފިއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މއ.ރިމްލާސް ގޭގައެވެ.
އެ ގޭގައި ހިނގި މި ހާދިސާގެ ރިޕޯޓް ރޭ ދަންވަރު 03:06 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އަދި ރޯވި އަލިފާން 04:12 ހާއިރު ވަނީ އެއްކޮށް ނިއްވާލާފައެވެ.
މި ހާދިސާގައި އެ ގޭގެ އެކިބައިތަކަށް ގެއްލުން ލިބިފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މި ހާދިސާއާ ގުޅިގެން އެ ގޭގަަި ދިރިއުޅޭ 7 މީހަކަށް ފަސް ދުވަހަށް ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.




