އަމިއްލަ ކުންފުނިތަކަށް ފައިސާ ނުދީ ފުނި ޖެހިފައިހުރި ބިލްތައް ދެއްކުމަށް ކުރާ މަސައްކަތުގެ ދަށުން، އަންނަ ހަފްތާގައި 200 މިލިއަން ރުފިޔާ އެ ކުންފުނިތަކަށް ދޫކުރަން ސަރުކާރުން ނިންމައިފިއެވެ.
ގިނަ ދުވަސްތަކަކަށް ފަހު ރައީސް މުހައްމަދު މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި
އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުގައި އަމިއްލަ ކުންފުނިތަކުން ސަރުކާރުގެ މަސައްކަތްތައް ކުރުމަށް ފަހު ފައިސާ ނުދީ ހުރި ބިލްތަކުގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން އިސްކަން ދޭ ކަމަށެވެ.
“ އަންނަ ހަފްތާއަކީ ވެސް އެގޮތުން މުހިންމު މަސައްކަތެއް ކުރެވޭނެ ހަފްތާއެއް. 200 މިލިއަން ރުފިޔާ އަންނަ ހަފްތާ އަމިއްލަ ކުންފުނިތަކަށް ދޫކުރެވޭނެ،“ ރައީސް ވިދާޅުވި އެވެ.
އަމިއްލަ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ދިނުމުގެ މަސައްކަތުގެ ތަފްސީލަށް ވަޑައިގަންނަވަމުން ރައީސް މުޢިއްޒު ވިދާޅުވީ އަމިއްލަ ކުންފުނިތަކަށް ނުދީ ހުރި ފައިސާ ދިނުމުގައި އެންމެ ބޮޑަށް އިސްކަން ދެނީ ކުދިކުދި އަދަދުތަކުން ފައިސާ 5ދޭން ޖެހިފައި ހުރި ކުންފުނިތަކަށް އެ ފައިސާ ދީ ހަލާސްކުރުމަށެވެ.
އެހެން ނަމަވެސް އަންނަ ހަފްތާގައި ދޫކުރާ ފައިސާއަކީ އެއް މިލިއަން ރުފިޔާއަށް ވުރެ މަތީ ބިލްތަކަށް ދޫކުރާ ފައިސާ އެވެ.



