މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން މިހާރު ކުރެވެމުންދާ އެންމެ ބޮޑު އެއް މަސައްކަތަކީ ޚިދުމަތްތައް ޑިޖިޓަލް ކުރުމާއި ޕޯޓަލެއް ތަރައްގީ ކުރުމުގެ މަސައްކަތް ކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ އެކަމަށް މިހާރު ވޯލްޑް ބޭންކްގެ ފަރާތުން އެހީވެސް ލިބޭނެގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
”މީގެއިތުރުން ވެސް ވަރަށް ގިނަ ކަންކަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވޭ. އޭގެ ތެރޭގައި ދިވެހި ހަވާލާ ދިނުމުގެ އުސްލޫގުގެ ޑިޖިޓަލް އެޑިޝަން ޝާއިއުކުރުންވެސް އެބައޮތް“ މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ.
އޭގެއިތުރުން މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީގައި “ ދެހާސް ހަސަނަދެ“ ވެލިޑޭޓްކޮށް 1355 ދަރިވަރުން ގްރެޖުއޭޓްވާން ވެސް ހުއްދަ ދީފައިވާ ކަމަށެވެ.



