ޕައި އަކީ އާންމުކޮށް ކޮންމެ ރޯދަ މަހެއްގައި ވެސް ގިނަ ގޭގޭގައި ތައްޔާރުކޮށްލާ މީރު ޑިޝްއެކެވެ.
ތަފާތު ވައްތަރުގެ ޕައި ހިމެނޭއިރު، މިފަހަރު މި ކިޔާލަދެނީ ”ޗިކަން ޕައި“ ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާތަކެތި:
° 1 ފިޔާ (ހިމުންކޮށް ކޮށާފައި)
° 2 ލޮނުމެދު (ގާނާފައި)
° 500ގ. ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)
° 3 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
° ¼ ޖޯޑު ޓޮމާޓޯ ޕޭސްޓް
° 250ގ. މަޝްރޫމް (ކޮށާފައި)
° 2 ލޮނުމެދު (ގާނާފައި)
° 1 ފިޔާ (ހިމުންކޮށް ކޮށާފައި)
° ½ ޖޯޑުފުށް 185ގ. ބަޓަރު
° 1 ބިސް ތާފަނާ ފެން
ތައްޔާރުކުރާނެގޮތް:
° އެންމެ ފުރަތަމަ، ފުށާއި ބަޓަރު އެއްކޮށްލާފައި ރަނގަޅަށް މޮޑެލާށެވެ.
° ދެން ބިސް ކުޑަކޮށް ގިރާފައި އޭގެ ތެރެއަށް އެއްކޮށްލާށެވެ.
° އެއަށްފަހު ތާފަނާ ފެނުން ފުށްގަނޑު މޮޑެފައި ކޮތަޅަކަށް ލާފައި ބާއްވާށެވެ.
° ދެން، ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާށެވެ. ތެޔޮފޮދު ހޫނު ވުމުން ފިޔާކޮޅު ރަތްވަންދެން މަޑުގިނީގައި ދޭފަތުން ފިޔާކޮޅު މީރުކުރަމުން ދާށެވެ.
° އެއަށްފަހު ލޮނުމެދު، މަޝްރޫމް ، ޓޮމާޓޯ، ޗިލީ ސޯސް، ލޮނު އަދި ކުކުޅުކޮޅު އޭގެތެރެއަށް އެއްކޮށްފައި އެތަކެތި ރޯފިލުމުން އުދުންމަތިން ބާލާށެވެ.
° ދެން ފުށްގަނޑު ދެބައިކޮށްފައި ދެބައި ވެސް 4 /1 އިންޗިއަށް ދަމާލާށެވެ. އެއައްފަހު ޕައި ފިހޭ ޓްރޭގައި ފުށްގަނޑު ފަތުރާލާފައި، ތައްޔާރުކުރި މަސްކޮޅު އޭގެ އެތެރެއަށް އަޅާފައި (މަސްކޮޅު އަޅާނީ ފުށްގަނޑުގެ ކައިރިފަށުން ތަތްކުރެވޭހާ ހުސްތަން ބާއްވާފަ)، އަނެއް ފުށްގަނޑު މަސްކޮޅު މަތީގައި ބާއްވާފައި ކައިރި ފަށް ތަތްކޮށްލާށެވެ.
° ދެން ފުށްގަނޑުގެ މަތީގައި ބުރުހަކުން ބަޓަރު ހާކާލާފައި އަވަނުން ފިހެލާށެވެ.



