ޕިއްޒާ އަކީ އާންމުކޮށް ކޮންމެ ގެއެއްގައި ވެސް ރޯދަ މަހު ރޯދަ ވީއްލަން ތައްޔާރުކުރާ އެކައްޗެވެ. އޭގެތެރެއިން ފާހަގަ ކޮށްލެވޭ އެއްވައްތަރަކީ ސޮސެޖު ޕިއްޒާއެވެ.
ނަމަވެސް އާންމުކޮށް ޕިއްޒާ ތައްޔާރުކުރާ ގޮތާ، މިފަހަރު ތައްޔާރުކުރާނެ ގޮތް ތަފާތު ކޮށްލާނަމެވެ. ސްލައިޒްކޮށް ކެއުމުގެ ބަދަލުގައި މިފަހަރު މި ކިޔާދެނީ މަފިންއެއް ގޮތަށް ނުވަތަ ”ކަޕް“ އެއްހެން ސޮސެޖު ޕިއްޒާ ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
° 1 ޕިއްޒާ ފުށްގަނޑު
° 2 ސައިސަމުސާ އޮލިވް އޮއިލް
° މޮޒަރެއްލާ ޗީޒް (ގާނާފައި)
° 3/4 ޖޯޑު ސޮސެޖް (ކޮށާފައި)
° 1/2 ޖޯޑު ޕިއްޒާ ސޯސް
ތައްޔާރުކުރާނެ ގޮތް:
° ފުރަތަމަ އަވަން 400 ޑިގްރީ ސެލްސިއަސްގައި ޕްރީހީޓް ކުރާށެވެ.
° އެއަށްފަހު ބިއްލޫރިތަށްޓެއް ބޭނުންކޮށްގެން ފުށްގަނޑު ވަށްކޮށް ކަފާށެވެ. އަދި މަފިން ޓްރޭއެއް ނަގައި، ތެޔޮ ފޮދެއް ހާކާލުމަށްފަހު، ފުށްކޮޅު ފަތުރާލާށެވެ.
° ދެން އޭގެ ތެރެއަށް ސޯސްކޮޅެއް އަޅައި، ސޮސެޖު ކޮޅެއް ވެސް އަޅާށެވެ. އެންމެ މައްޗަށް އަޅާނީ ޗީޒްއެވެ.
° މަފިން ޓްރޭއެއްގެ ކޮންމެ ބައެއްގައި ވެސް އެގޮތަށް ޕިއްޒާ ކަޕްސް ފަތުރާލާށެވެ. އަދި ޗީޒް މެލްޓްވެ، ފުށްގަނޑު ރޯފިލަންދަން ފިހޭށެވެ. އެކަމަށް 30-35 މިނެޓު ނަގާނެއެވެ.
° އަވަނުން ނެގުމަށްފަހު، ޓްރޭއިން ޕިއްޒާ ކަޕްތައް ނަގާނީ 10-15 މިނެޓު މަޑުކުުރުމަށް ފަހުގައެވެ.




