ސަރުކާރުގެ ފަރާތުން ބޭސް އެތެރެކުރުމަށް އުފައްދާފައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން ރާއްޖެއަށް ބޭސް އެތެރެކޮށް، ރަށްރަށަށް ފޮނުވަން ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން މިދިޔަ ހޯމަ ދުވަހު ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ، އެ ކުންފުނީގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށާއި ބޭސް އެތެރެކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ، މިހާރު ބައެއް ބޭސްތައް ގެނެސް ރަށްރަށަށް ސަޕްލައިކުރަން ފަށާފައިވާ ކަމަށެވެ.
”ކުންފުންޏެއް ހަދައިގެން މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ވާނީ ނިޒާމުގެ ތެރޭ ހުރި މައްސަލަތައް ދެނެގަނެ، މިކަމަށްޓަކާ ފޯކަސްކޮށްގެން މަސައްކަތް ކުރާނެ ބަޔަކު ތިބުން“ ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.
މީގެ ކުރިން ރާއްޖެއަށް ބޭސް އެތެރެކުރީ އެސްޓީއޯ އިންނެވެ. އެ ކުންފުނިން ހިންގި ބޭސްފިހާރަތައް ވެސް މިހާރު ވަނީ ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް ބަދަލުކޮށްފައެވެ.





1 Comment
އެސްއޯއީ ތައް މެދުވެރިކޮށް ގެންނަ އެމްބިއުލޭންސް ތައް މަރާމާތުކޮއް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމަކީވެސް ތިޔަ މިނިސްޓުރީގެ ޒިންމާއެއް.