މާލެއިން ވަގަށް ނަގާފައިވާ 231،000 ރުފިޔާ 48 ގަޑިއިރު ތެރޭ ހޯދާފައިވާ ކަމަށް ފުލުހުން ރޭގައި ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ރޭ ’ލ“އެކްސް“ ގައި ވިދާޅުވީ ފާއިތުވި 48 ގަޑިއިރު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 11 މީހުން ހައްޔަރުކުރި ކަމަށެވެ.
މާލެއަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުން އަބަދު ވެސް ރަށުތެރޭ ޕެޓްރޯލުކޮށް، އާންމުންނަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ޝިފާން ވިދާޅުވިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 9 އަދި 10 ވަނަ ދުވަހު ހެންވޭރު އަދި މާފަންނު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭ ގާތްގަނޑަކަށް 86،800ރ.ގެ ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަނީ ހުށަހަޅައިފަ އެވެ.
އެ މުއްދަތުގައި، ގަލޮޅު ޕޮލިސް ސްޓޭޝަން ހިމެނޭހެން ކުރި މަސައްކަތުން 231،000 ރުފިޔާ ހޯދާފައިވާ ކަމަށް ވެސް އެ ހިސާބުތައް ދައްކައެވެ.



