ހދ. ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފަށަން ތައްޔާރުވެފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.
ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފެށީ މެއި، 2023 ގަ އެވެ. އެ މަޝްރޫއު އޭރު ހަވާލުކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗާ ކުންފުނި، ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއެވެ.
އެކަމަކު މަޝްރޫއު ހުއްޓިފައި އޮތުމުން އަލުން އެ މަޝްރޫއު ފަށަނީ ރެއިންބޯ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެންނެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި އެރަށަށް ގެންގޮސް، މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ.




