އައްޑީސިޓީ، ހިތަދޫގެ ފަތާ ޓްރެކް ސަރަހައްދުން އިއްޔެ މަރުވެފައި އޮއްވާ ފެނުނީ ވޯކްވިސާގެ ދަށުން ރާއްޖޭގައި އުޅެމުންދިޔަ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށް ފުލުހުން ރޭ ދަންވަރު ބުނެފިއެވެ.
އެ މީހާ މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓުކުރީ އިއްޔެ ހަވީރު 4:41 ހާއިރެވެ.
އެމީހާއަކީ ކާކުކަން ދެނެގަތުމަށް އާންމުންގެ އެހީއަށް ވެސް އެދުމަށްފަހު، ފުލުހުން ރޭގައި ބުނީ، އެއީ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 60 އަހަރުގެ ޑެނިއަލް ޑީ ޖިއޮވީން ނަމަކަށް ކިޔާ މީހެއްކަން ފުލުހުންނަށް ވަނީ ކަށަވަރު ކުރެވިފައި ކަމަށެވެ.
އެމީހާ މަރުވި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.



