ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން މިއަދު ފަށައިފިއެެވެ.
މާލޭ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ މާލެގައި ހުންނަ ސެންޓަރ ފޮ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ އެހެން އަހަރުތަކެކޭވެސް އެއް ފަދައިން މިއަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިމަހުގެ 15 އާއި 16 އާއި 18 ވަނަ ދުވަހުވެސް ގޮވާމުން ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ބުންޏެވެ.
އެގޮތުން މިމަހުގެ 14ވަނަ ދުވަހާއި 15 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް ޒަކާތް ދެއްކޭނެއެވެ. އަދި 16 އާއި 18 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް ޒަކާތެއް ދެއްކޭނެއެވެ. އަދި މި ދެދުވަހު 13:00 އިން 15:00 އަށްވެސް ޒަކާތް ދެއްކޭނެއެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަނީ:
° އާދައިގެ ހަނޑޫ
° ތައިލެންޑް ހަނޑޫ
° ބާސްމަތީ ހަނޑޫ
° ރަތް ހަނޑޫ
° ގޮދަން ފުށް
° އާޓާ ފުށް



