ތަފާތު އެކި ވައްތަރުގެ ކާނާ ތައްޔާރުކޮށްލުމަކީ ރޯދަ މަހުގެ އެއް ސްޕެޝަލިޓީއެވެ. ރޯދަ މަހު ބަދިގެ ޚާއްސަވުމުގައި އެ ސަބަބު ހިމެނެއެވެ.
ތަފާތު ކާނާގެ ވާހަކަ ދައްކާއިރު، މިފަހަރު މި ގެނެސްދެނީ ފަރު މަހުން ތައްޔާރު ކޮށްލެވޭނެ ޑިޝްއެކެވެ. މި ޑިޝް ބަތާއެކު ނުވަތަ ރޮއްޓާއި ފަރާޓާއާއެކު ވެސް ކެވިދާނެއެވެ.
ބޭނުންވާނެ ތަކެތި:
° 250 ގްރާމް ފަރު މަސް ( 1 އިންޗި ހުންނަ ވަރަށް ކޮށާފައި)
° 2 ކެޕްސިކަމް ( އެތެރެ ސާފުކޮށްފައި ހިމަދިގުކޮށް ކޮށާފައި)
° 6 ހިކިމިރުސް (2/1 އިންޗިއަށް ބުރިކޮށްފައި)
° 3 ސްޕްރިންގް އަނިއަން ( 2 އިންޗިއަށް ދިގުކޮށް ކޮށާފައި)
° 5 ލޮނުމެދު (ކުދިކޮށް ކޮށާލާފައި)
° 2 ސައިސަމުސާ ޗިލީ ޕޭސްޓް
° 1 ސައިސަމުސާ ބަޓަރ
° 3 ސައިސަމުސާ ޓޮމާޓޯ ސޯސް
° 4 ސައިސަމުސާ ޒުވާރިފުށް
° 2 ބިސް
° ރަހަލާވަރުގެ ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް:
މަސް ކޮޅުތެރެއަށް ލޮނާއި ޒުވާރި ފުށާއި ބިހުގެ ގޮބޮޅި އަޅައި އެއްކޮށްލުމަށްފަހު 10 ވަރަކަށް މިނެޓް މެރިނޭޓްކޮށްލާށެވެ.
އޭގެފަހުން މަސްކޮޅު ތެލުލާލާށެވެ.
އެއަށްފަހު ތަވައެއްގެތެރެއަށް ބަޓަރުކޮޅުލާފައި ހޫނުކޮށްލާށެވެ. ދެން ކޮށާފައި ހުރި ހިކި މިރުސް ކޮޅު ފްރައިކޮށްލާށެވެ.
އެއަށްފަހު ލޮނުމެދުކޮޅުއަޅާފައި ފްރައިކޮށްލާފައި އޭގެތެރެއަށް ޓޮމާޓޯ ސޯސް، ޗިލީ ޕޭސްޓް އަދި ލޮނު ކޮޅެއް އަޅާލުމަށްފަހު ކުޑަ ހަކުރުކޮޅެއް އަޅާލާށެވެ.
ދެން ކެޕްސިކަމް އެޅުމަށްފަހު ކުޑަ ފެންފޮދެއް ރަނގަޅަށް އެއްކޮށްލާށެވެ.
ކުރިން ފްރައިކޮށްލި މަސްކޮޅު އަޅާލުމަށްފަހު، ދެ މިނެޓް ވަންދެން ކައްކާލާފައި ސްޕްރިންގް އަނިއަން އަޅައި، އުދުންނިއްވާލާށެވެ.




