މި ރަމަޟާން މަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ގޮވާން ނުވަތަ ހަނޑުލާއި ފުށުން ފިތުރު ޒަކާތް ބަލައިގަންނަން ފެށީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.
ޒަކާތު ހައުސް އިން ބުނީ ގޮވާމުގެ ބާވަތްތަކުން ޒަކާތް ބެހުމުގެ މަސައްކަތް މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް މާލޭގައި ހުންނަ ސީއެޗްއެސްއީގެ ހޯލުގައި ކުރިއަށްދާނެ ކަމަށެވެ.
އެ ތަކެތި ބެހުމަށް ނިންމާފައި ވަނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކުގެ ތެރެއިން މާލޭގައި ދިރިއުޅޭ މީހުންނަށެވެ.
ގޮވާމުން ފިތުރު ޒަކާތް ބަހާ ގަޑިތަކަކީ:
° ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00އަށް އަދި މެންދުރު 13:00 އިން 15:00 އަށް


