މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އާއި ކަސްޓަމްސްގެ މުވައްޒަފުންގެ މުސާރަ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޮޑުކުރަން ނިންމައިފިއެވެ.
މަހުގެ 1 ވަނަ ދުވަހުން ފެށިގެން މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ. އެގޮތުން ކަސްޓަމްސް އާއި ކަރެކްޝަންސްގެ ހުރިހާ ދާއިމީ މުވައްޒަފުންނާއި އޮފިސަރުންގެ މުސާރައަށް ބަދަލު އަންނާނެ އެވެ.
މި ބަދަލު ގެންނަން ނިންމާފައިވަނީ ³ ޕޭ ފްރޭމްވޯކާ އެއްގޮތަށް މުވަައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތަކުގެ ދަށުންނެވެ.
އެގޮތުން:
ކަރެކްޝަންސްގެ މުވައްޒަފުުންގެ މުސާރައަށް ބަދަލު ގެންނަން ނިންމާފައިވަނީ ގާތްގަނޑަކަށް 11 ވަރަކަށް އަހަރު ފަހުން
އެންމެ ފަހުން ކަރެކްޝަންސްގެ މުސާރަ ބޮޑުކުރީ 2015ގައި
ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރަ ކުޑަކަމުގެ ޝަކުވާ އަބަދު ވެސް އޮވެއެވެ.



