ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަކިވާން އާޖެންޓީނާ ނިންމި ނިންމުން ފައިނަލްކޮށް، އެ ޖަމިއްޔާ އިން ރަސްމީކޮށް ވަކިވެއްޖެއެވެ.
އާޖެންޓީނާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަކިވާން ނިންމިކަން، އާޖެންޓީނާގެ ފޮރިން މިނިސްޓަރ ޕަބްލޯ ކުއިރްނޯ އިއްޔެ ކަށަވަރު ކޮށްދީފައެވެ.
ޑަބްލިޔުއެޗްއޯ އިން ވަކިވާކަން އާޖެންޓީނާއިން އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭގެ މަހެއްހާ ދުވަސް ފަހުން ކުއިރްނޯ ވަނީ ކަނާތުފިޔައިގެ ރައީސް ހާވިއާ މިލޭގެ ސަރުކާރުން ޑަބްލިއުއެޗްއޯއަށް ރަސްމީކޮށް ނޯޓިސް ދީފައިވާ ކަމަށް ވިދާޅުވެފައެވެ.
”މިއަދު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އާޖެންޓީނާ ވަކިވިކަން އިއުލާނުކޮށްފައިވާއިރު، އަޅުގަނޑުމެންގެ ގައުމުން ރަސްމީކޮށް އެކަން އެންގިތާ އެއް އަހަރު ފުރިއްޖެ.“ ކުއިރްނޯ އިއްޔެ އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
އާޖެންޓީނާގެ ރައީސް މިލޭ ޑަބްލިޔުއެޗްއޯ އިން އާޖެންޓީނާ ވަކިކޮށްފައިވާއިރު، އެމަނިކުފާނުގެ ގާތް އެކުވެރި އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ޑަބްލިޔުއެޗްއޯ އިން އެމެރިކާ ވަކިކޮށްފައެވެ.



