އުތުރުގެ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭގަަި ވިދާޅުވީ، މި މައްސަލައިގެ ރިޕޯޓު ކޮށްފައިވަނީ އިއްޔެ ކަމަށާއި މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުވަމުން އަންނަ ޕޯސްޓެއްގައި ބުނެފައިވަނީ ޖިންސީ ގޯނާކުރުމުގެ ތުހުމަތު އުފުލިފައިވަނީ އެ ރަށަށް ތަރާވީސް ނަމާދު ކުރަން ގެންގޮސްފައިހުރި ރާއްޖެއިން ބޭރުގެ ޝެއިޚެއް ކަމަށެވެ. ނަމަވެސް ފުލުހުން މިކަން ކަށަވަރު ކޮށްދެއްވާފައެއް ނުވެއެވެ.




