ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުގެ ޓަވަރުތަކަކުންނާއި ވިނަރެސް ފްލެޓުގެ ޓަވަރުތަކަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން މީގެ އިރުކޮޅެއް ކުރިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
”މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން.“ ސްޓެލްކޯއިން ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުގައި ކަރަންޓު ކެނޑިފައިވަނީ ވިނަރެސްގެ ޓަވަރުތަކަކާއި، ހިޔާ، 1،2،3،4،5،6،7 އަދި 8ވަނަ ޓަވަރުންނެވެ.




