މާލޭގެ މާފަންނުގައި ހުރި ގެއެއްގެ 10ވަނަ ފަންގިފިލާއިން ވެއްޓުނު ބަންގްލަދޭޝް މީހާ މަރުވެއްޖެއެވެ.
ސަބުދެލިމަގުގައި ހުރި މ. ބީޗްފްލެޓް ހައުސްގެ 10 ވަނަ ފަންގިފިލާއިން އެމީހާ ވެއްޓިފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގެ އިރުއޮއްސި 6:20 ހާއިރެވެ.
އެމީހާ ވެއްޓުމުން ވަގުތުން އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށާއި އޭނާގެ ހާލު އެއިރުވެސް ސީރިއަސްކަން އެނގިފައިވެއެވެ.
މި ހާދިސާގައި ވެއްޓުނު ބިދޭސީ މީހާ، ވެއްޓިފައިވަނީ އެ ގެއާ ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށެވެ.
އެނގިފައިވާ ގޮތުގައި މި މިހާ ވެއްޓުނީ އެގޭގެ ފުރާޅުމަތީ ސަންސްކްރީން ނެޓިން ހަރުކުރުމަށް މަސައްކަތް ކުރަމުންދަނިކޮށެވެ.
އުމުރުން 30 އަހަރުގެ އެ މީހާ މަރުވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



