މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ލަފާކުރުމުގެ ގޮތުން އިތުރު މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށެވެ.
”އޭގެ ތެރޭގައި އައްޑޫގައި އާ މެޓް އޮފީހެއް އެޅުމުގެ މަސައްކަތްތައް މިދަނީ ކުރަމުން. އެތަން ޑިޒައިންކޮށް، ބޭނުންވާ ފަންޑްސް ވެސް މިހާރުވަނީ ލިބިފަ“ މިނިސްޓަރ ޠާރިގު ވިދާޅުވިއެވެ.
މީގެއިތުރުން އެންވަޔަރަމަންޓް މިނިސްޓަރު ވިދާޅުވީ އައްޑޫގައި ވެސް ޑޮޕްލަރ ވެދަރ ރާޑަރެއް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.



