ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ސަރުކާރުގެ ދެވަނަ ހެލްތު މިނިސްޓަރު ނާޒިމް މަގާމުން އިސްތިއުފާ ދެއްވި އިރު، ރައީސް މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށްކަން އެނގިފައިވެއެވެ.
ނާޒިމް ވަނީ މީގެ ކުރިން ޕީޕީއެމް ސަރުކާރުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރައްވާފައެވެ.
މިފަހުން ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިން ވަނީ މަގާމުން ވަކިކޮށް ނުވަތަ އިސްތިއުފާ ދޭން އަންގާފަ އެވެ.
އެގޮތުން:
° އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފައި؛ އޭނާ އިސްތިއުފާ ދެއްވީ އެ ކަމަށް އެދުމުން
° މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ފަރުހަތު ޝަހީރު ވަނީ ވަކިކޮށްފައި
° އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލް މަތީން ވަނީ އިސްތިއުފާ ދެއްވާފައި
° އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ ވަނީ ވަކިކޮށްފައި
° ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވެސް ވަނީ ވަކިކޮށްފައި
އެމްޑަބްލިޔުއެސްސީގެ އެމްޑީއަކަށް ކުރިން ސްޓެލްކޯގެ އެމްޑީކަން ކުރެއްވި އަދި ފަހުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން ފަހުމީ މިއަދު ވަނީ އައްޔަނުކޮށްފައެވެ.



