އެންވަޔަރަމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު ޠާރިގު އިބްރާހިމް ވެސް މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ޠާރިގު މަގާމުން އިސްތިއުފާ ދެއްވި އިރު، މިއަދުގެ މިހާތަނަށް އިތުރު ހަ މިނިސްޓަރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
މިއަދު މިހާތަނަށް ވަކިވެފައިވާ މިނިސްޓަރުންނަކީ:
° ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް
° ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން
° ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
° ސޯޝަލް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް
° ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް
° އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
° ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު)
° ޓޫރިޒަމް މިނިސްޓަރ ޠާރިގު އިބްރާހިމް
މިފަހުން ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިން ވަނީ މަގާމުން ވަކިކޮށް ނުވަތަ އިސްތިއުފާ ދޭން އަންގާފަ އެވެ.
އެގޮތުން:
° އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފައި؛ އޭނާ އިސްތިއުފާ ދެއްވީ އެ ކަމަށް އެދުމުން
° މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ފަރުހަތު ޝަހީރު ވަނީ ވަކިކޮށްފައި
° އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލް މަތީން ވަނީ އިސްތިއުފާ ދެއްވާފައި
° އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ ވަނީ ވަކިކޮށްފައި
° ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވެސް ވަނީ ވަކިކޮށްފައި
އެމްޑަބްލިޔުއެސްސީގެ އެމްޑީއަކަށް ކުރިން ސްޓެލްކޯގެ އެމްޑީކަން ކުރެއްވި އަދި ފަހުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން ފަހުމީ މިއަދު ވަނީ އައްޔަނުކޮށްފައެވެ.




